މީގެ ދެ އަހަރުކުރިން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކުރިޔަށް ނޮގޮސް މަޑުޖެހިފައި!

މީގެ ދެ އަހަރުކުރިން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކުރިޔަށް ނޮގޮސް މަޑުޖެހިފައި!

Author
ހުސައިން
15 އޭޕްރިލް 2025 06:52
0

ރަސްމީ ވަޞީލަތްތަކުން މިއަދު ހާމަކުރި މަޢުލޫމާތަކުން ދައްކާގޮތުގައި، 2022 ވަނަ އަހަރުގެ ޖެނުއަރީމަހު މ، ފ، ދ، ތ، ނުވަތަ ލ އަތޮޅު ރަށަކުން ރިޕޯޓްކުރެވުނު، 14 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދައްކައި ބަރަހަނާ މަންޒަރު ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ މައްސަލަ ހުށަހެޅި ފަރާތުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން، މައްސަލަ މިހާތަނަށްވެސް ނިންމާލެވިފައެއް ނުވެއެވެ.

ފުލުހުން ހާމަކުރިގޮތުގައި، މި މައްސަލައިގެ ތަހުގީގުގައި ތުހުމަތުކުރެވޭ ފަރާތުގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފޮރެންސިކް ތަހުލީލުތައް ހެދުމާއެކު، ހަ މީހެއްގެ ބަޔާނާއި ހެކިބަސް، އަދި އިތުރު ދެ މީހެއްގެ ބަޔާން ނަގާފައިވެއެވެ. އެހެންނަމަވެސް، ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެފައިވާ ކުޑަކުއްޖާގެ ބުނުން ފިޔަވައި، ތުހުމަތަށް ބާރުލިބޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ފުލުހުންނަށް ފެނިފައެއް ނުވެއެވެ. އަދި ތުހުމަތުކުރެވޭ މީހާ ކުޑަކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖުތަކާއި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް، ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުން ފެނިފައިނުވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މައްސަލަ ތަހްގީގުކޮށް ނިންމުމަށްފަހު، 2022 ވަނަ އަހަރުގެ އޭޕްރީލް 22 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އިދާރާއިން ވަނީ މައްސަލައަށް ބައެއް އިސްލާހުތައް ގެނައުމަށް އަންގާފައެވެ. ނަމަވެސް، މި އިސްލާހުތައް ގެނައުމަށްޓަކައި، މައްސަލަ ހުށަހެޅި ފަރާތުގެ އެއްބާރުލުން މިހާތަނަށްވެސް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ފަރާތުން އިތުރަށް ހާމަކުރިގޮތުގައި، މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.