އައްޑޫ ސިޓީ ފޭދޫ ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އެމްޓީސީސީގެ މުވައްޒަފަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ފޭދޫ ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އެމްޓީސީސީގެ މުވައްޒަފަކު ނިޔާވެއްޖެ

ގުޅުންހުރި

އައްޑޫ ސިޓީ ފޭދޫ ލިންކްރޯޑުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެމްޓީސީސީގެ މުވައްޒަފެއް ކަމުގައިވާ 36 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. އައްޑޫ ލައިވްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިޔާވި ފަރާތަކީ ފޭދޫ، އުލްފަތު، އިބްރާހިމް ސިޔާދެވެ.

މި ހާދިސާއަކީ މިރޭ ގާތްގަނޑަކަށް 7:30 އެހާކަށްހާއިރު ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި ހާދިސާއެކެވެ. ހާދިސާ ހިނގި ވަގުތު ސައިކަލުގައި ދުއްވަން އިން ސިޔާދަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެކްސިޑެންޓް ހިނގުމާއެކު ސިޔާދު ވަނީ ފޭދޫ ޞިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ޑޮކްޓަރުންނާ ހަވާލާދީ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ގޮތުގައި ސިޔާދު އެތަނަށް ގެންދިޔައިރުވެސް ހުރީ ފުރާނަ ނެތް ހާލުގައެވެ.

މި ހާދިސާގައި ކާރު ދުއްވި ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ލިބިފައިވާ މަޢުލޫމާތުން އެނގެއެވެ. އެ ފަރާތަކީ ލައިސަންސް ނެތް މީހެއްކަމަށާއި، ގދ. ފިޔޯރީ، މެރީގޯލްޑް، 23 އަހަރުގެ މާހިލް މުމްތާޒްކަމަށް އައްޑޫ ލައިވްގައި ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން މިވަގުތާ ހަމައަށް ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ލިބުމުން އާންމުކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ