ހުޅުމާލެ ފޭސް 2ގައި އެޅުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ: ނާޒިމް

ހުޅުމާލެ ފޭސް 2ގައި އެޅުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ: ނާޒިމް

ގުޅުންހުރި

ހުޅުމާލެ ފޭސް 2ގައި އެޅުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް 2ގައި އެޅުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ފާއިތުވި 16 މަސްދުވަހު ހެލްތް ސެކްޓާ ކުރިއަށްގެންދިއުމުގައި ކުރެވިފައިވާ މުހިންމު ކަންތައްތަކާއި ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު ނާޒިމް ދެއްވި މަޢުލޫމާތުގައި، އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާކަމަށާއި، ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި އަވަސް މުސްތަޤުބަލެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ތެލެސީމިއާގެ ފަރުވާ ހޯދާ ފަރާތްތަކަށް ލިބިގެންދާނެކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށްޓަކައި މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ހޮސްޕިޓަލް އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސައިނޯމާ އިންޖީނިއަރިން އިންޑަސްޓްރީގެ ފަރާތުންނެވެ.

ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ފޭސް 2އިން 72,000 އަކަފޫޓުގެ ބިން އެޗްޑީސީއިން ހަމަޖައްސައިދީފައިވާކަމަށް ހެލްތް މިނިސްޓްރީއިން ވަނީ މީގެކުރިން ބުނެފައެވެ. ތެލެސީމިއާ ކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމާއި އެ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ