ސައުދީއާއެކު ގުޅުން އިތުރަށް ބަދަހިކުރަން ބޭނުން: ރައީސް

ސައުދީއާއެކު ގުޅުން އިތުރަށް ބަދަހިކުރަން ބޭނުން: ރައީސް

ގުޅުންހުރި

ސައުދީ އަރަބިއްޔާއާއެކު ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބޭނުންފުޅުވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ހިޒް އެކްސެލެންސީ މަތްރެކް ބިން އަބްދުﷲ އަލް-އަޖާލީން އަލްދޮސާރީ މިއަދު ކުރެއްވި ވަދާޢީ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ސައުދީ ސަރުކާރާއެކު ގާތުން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ އުއްމީދު ކުރައްވާކަމަށެވެ.

ރައީސް މުއިއްޒު ވަނީ މަތްރެކްގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، މި ދައުރުގައި ސަފީރު ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން ރައީސް ވަނީ ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މިދިޔަ މެއި މަހު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ސަރުކާރުން ދެއްވި ހޫނު މަރުހަބާއާއި މެހެމާންދާރީ ފާހަގަކުރައްވާފައެވެ.

ބައްދަލުވުން ނިމިގެން ދިޔައީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ދެއްވަމުންނެވެ.​​​​​​​​​​​​​​​​

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ