ފިލިޕީންސްގައި ބޭއްވުނު ބަލިމީހުންގެ ރައްކާތެރިކަމުގެ ސަމިޓުން ރާއްޖެއަށް ގިނަ އެހީތަކެއް ލިބުނު: ނާޒިމް

ފިލިޕީންސްގައި ބޭއްވުނު ބަލިމީހުންގެ ރައްކާތެރިކަމުގެ ސަމިޓުން ރާއްޖެއަށް ގިނަ އެހީތަކެއް ލިބުނު: ނާޒިމް

ގުޅުންހުރި

ފިލިޕީންސްގައި މިދިޔަ މަހު 3 އިން 4 އަށް ބޭއްވުނު ވޯލްޑް ޕޭޝަންޓް ސޭފްޓީ ސަމިޓުން ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް މުހިންމު އެހީތެރިކަން ލިބިފައިވާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވި، ރާއްޖޭގެ ސިއްޙީ ނިޒާމަކީ މިހާރު އެހެން ޤައުމުތަކުގެ ނިޒާމާ އަޅާބަލާއިރު ވަރަށް ހަގު ނިޒާމެއް ކަމަށާއި، އިތުރަށް ހަރުދަނާކުރުމަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ކުޑަ ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް އެހެން ޤައުމުތަކުގެ އެހީތެރިކަން ވަރަށް މުހިންމު ކަމުގައެވެ.

އޭނާ ވިދާޅުވީ ސަމިޓުގެ ތެރެއިން ލިބުނު އެންމެ މުހިންމު އެހީތެރިކަމަކީ ދިވެހި ޑޮކްޓަރުންގެ ކުރިއެރުމަށް ކައިރި ކުރަމުންދާ މަސައްކަތް ކަމަށާއި ފިލިޕީންސްގެ ޞިއްޙަތާ ބެހޭ ވަޒީރާއެކު ކުރެވުނު މަޝްވަރާގައި ޑޮކްޓަރުންނަށް އިންޓަރންޝިޕްގެ ފުރުސަތު ހޯދުމަށާއި، އިތުރަށް ސްޕެޝަލައިޒްވުމަށް ބޭނުންވާ މަގުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން، ފިލިޕީންސްގެ އެއް ޕްރައިވެޓް މެޑިކަލް ކޮލެޖުން ދިވެހި ޑޮކްޓަރުންނަށް އެމްބީބީއެސް ކިޔެވުމަށް 3 ސްކޯލަރޝިޕް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ފޮރިން މިނިސްޓްރީއާއި މަތީ ތައުލީމާ ބެހޭ އިދާރާތަކުން ދަނީ މި ސްކޯލަރޝިޕް ކުރިއަށް ގެންދިއުމަށް ބޭނުންވާ މަސައްކަތްތައް ކުރަމުންދެއެވެ.

ޕޭޝަންޓް ސޭފްޓީގެ ދާއިރާ ވަރުގަދަކުރުމަށްވެސް މުހިންމު އެހީތެރިކަން ލިބިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެމެރިކާގެ ޖޮއިންޓް ކޮމިޝަން އޮން އިންޓަރނޭޝަނަލްގެ އެހީތެރިކަމާއެކު ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މަޝްވަރާކުރެވިފައިވެއެވެ.

އޭޑީބީގެ ސަރަޙައްދީ ބޭފުޅުންނާއެކު ކުރެވުނު މަޝްވަރާތަކުގައި ސަރުކާރުގެ ސިޔާސަތުތައް އަދި އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށްވެސް މަސައްކަތް ކުރެވިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ