ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

Author
ހުސައިން
06 އޭޕްރިލް 2025 01:37
0

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޝާފިއު، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޝާފިއު އިސްތިއުފާ ދެއްވިކަން އަންގަވާފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައެވެ.

ޝާފިއު ވިދާޅުވެފައިވަނީ މަސްވެރި ސިނާއަތުގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، އިސްތިއުފާ ދެއްވުމަށް ނިންމެވި ވަކި ސަބަބެއް ޝާފިއު ހާމަކުރައްވާފައެއް ނުވެއެވެ.

މިހާތަނަށް، ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ޝާފިއު އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެއްވެސް ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.