އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ގދ ގައްދޫގައި ފަށައިފި

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ގދ ގައްދޫގައި ފަށައިފި

ގުޅުންހުރި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ގދ ގައްދޫގައި ފަށައިފިއެވެ. ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ގދ. އަތޮޅަށް ފުޅާކޮށްފައިވެއެވެ. މިހާރު އެއަތޮޅު ތިނަދޫގައި ހުންނަ އަތޮޅު ކައުންސިލްގެ އިތުރުން ގދ ގައްދޫއިން ވެސް މާދަމާއިން ފެށިގެން މި ޚިދުމަތް ލިބެން ފަށާނެއެވެ.

މި ޚިދުމަތާއެކު އައިޑީ ކާޑު ހެދުމުގެ މަސައްކަތް އަވަސްވެ، ހަރުދަނާވެގެންދާނެކަމަށް ޑީއެންއާރްއިން ފާހަގަކުރައްވައެވެ. އަދި މިކަމުގެ ފައިދާ ގައްދޫ ރައްޔިތުންނާއި ގައްދޫއާ ކައިރި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ގައްދޫ ކައުންސިލަކީ މާލެއިން ބޭރުން އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތްދޭ 15 ވަނަ ސަރަހައްދެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދެކެވެ. މިގޮތުން މިދިޔަ ހަފްތާގައި ގދ އަތޮޅު ކައުންސިލުންވެސް މި ޚިދުމަތް ފަށާފައިވެއެވެ.

އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ބޮޑު ޚަރަދެއް ކުރަމުންދާއިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާ މިންވަރަކުން ޚިދުމަތް ދިނުމަށް ހޯމްލޭންޑް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އޭގެފަހުން، 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ބަދަލުކުރެވުނެވެ.

ޑީއެންއާރްގެ 174 ކަލެކްޓިންގ ސެންޓަރު ގާއިމުކޮށްފައިވާއިރު، ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ