އެކުވެރި ދައުލަތްތަކުގެ އަންހެނުންގެ ކޮމިޝަނަށް ދިވެހިރާއްޖެ ހޮވުމަކީ ލިބުނު ފަޚުރެއްކަމުގައި: ރައީސް

އެކުވެރި ދައުލަތްތަކުގެ އަންހެނުންގެ ކޮމިޝަނަށް ދިވެހިރާއްޖެ ހޮވުމަކީ ލިބުނު ފަޚުރެއްކަމުގައި: ރައީސް

Author
ހުސައިން
05 އޭޕްރިލް 2025 12:12
0

އެކުވެރި ދައުލަތްތަކުގެ ކޮމިޝަން އޮން ދި ސްޓޭޓަސް އޮފް ވިމެންގެ މެންބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ލިބުނު ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ 2026 އިން 2030 އަށް ކުރިއަށްދާ އެ ކޮމިޝަންގެ ދައުރަށް ރާއްޖެ އިންތިޚާބުވުމާއި ގުޅިގެން އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނުގެ މި ޕޯސްޓުގައި، އެ ކޮމިޝަނަށް ދެން އިންތިޚާބުވި އިތުރު ޤައުމުތަކަށް މަރުޚަބާ ދަންނަވާ، އަންހެނުންގެ ޙައްޤުތަކާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅުންހުރި ކަންކަމުގައި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމުގައި ވިދާޅުވިއެވެ. އެ މަނިކުފާނުގެ ޕޯސްޓުގައި، ދިވެހިރާއްޖެއިން މި ވޭތުވެދިޔަ އަހަރުތަކުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ހައްޤުތަކާއި ދަރަޖަ ކުރިއެރުވުމުގެ މަގުގައި ގިނަގުނަ ކުރިއެރުންތަކެއް ހޯދައިފާވާކަމުގައި ވިދާޅުވިއެވެ. އަދި މި މަގުގައި ދިވެހިރާއްޖެއިން އެންމެހައި ބައިވެރިންނާ ގުޅިގެން މަސައްކަތްކޮށް ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ޝާމިލުކަން ބޮޑު މުސްތަޤުބަލަކަށް ވާސިލުވުމަށް އުންމީދު ކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.