ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ

ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ

ގުޅުންހުރި

ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. އުތުރުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

ރޭގައި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލެއް ނެރުނު މެޓް އޮފީހުން ވިދާޅުވެފައިވަނީ މި ސަމާލުގެ ވަގުތު މިއަދު ހެނދުނު 6:30 އަށް ހަމަވެފައިވާ ކަމަށެވެ. މިވަގުތު ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 4 ފޫޓާ ދެމެދުގައިކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ފާހަގަކުރައްވާފައިވެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ