ގެއްލުނު މުޝްފިގް ހޯދަން ޑްރޯން ބޭނުންކޮށްގެންނާއި ކަނޑުމަތިންނާއި ޑައިވްކޮށްގެންވެސް ދަނީ މަސައްކަތް ކުރަމުން

ގެއްލުނު މުޝްފިގް ހޯދަން ޑްރޯން ބޭނުންކޮށްގެންނާއި ކަނޑުމަތިންނާއި ޑައިވްކޮށްގެންވެސް ދަނީ މަސައްކަތް ކުރަމުން

ގުޅުންހުރި

ހޮޅުދޫ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ގެއްލުނު ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ޝަރީފް ހޯދުމަށް 53.04 ސްކެއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. ނަމަވެސް މިހާތަނަށް އޭނާ ނުފެންނަ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

މުޝްފިގް ހޯދުމަށް ކުރިއަށްގެންދާ ސާޗް އޮޕަރޭޝަންގައި ކަނޑު އަޑިން 64240 އަކަމީޓަރު އަދި ވައިގެ މަގުން 1545 ސްކެއާ މޭލް (4000 އަކަމީޓަރު) ވަނީ ބަލާފައެވެ. މި މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ކުރިއަށްގެންދާއިރު، ޑްރޯން ބޭނުންކޮށްގެންނާއި ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެމަގުން ސާޗް އޮޕަރޭޝަން ކުރިއަށްދާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ.

ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެފައިވަނީ ހިރިލަންދޫއިން ފުރައިގެން މާލެ ދަނިކޮށް ތ. ކަނޑޫދޫ ކައިރިންނެވެ. ބޯޓުގައި ދަތުރުކުރި 11 ދިވެހިންނާއި 7 ބިދޭސީން ހިމެނޭ ޖުމްލަ 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްވެފައެވެ. މި ހާދިސާގައި ބައެއް މީހުންނަށް ޒަޚަމްވެފައިވާއިރު، ދެ މީހަކަށް ތ. ކަނޑޫދޫ މަރުކަޒުގައި ފަރުވާ ދީފައިވާކަމަށް ވެއެވެ.

ބޯޓުގައި އަލިފާން ރޯވެފައިވަނީ ކަނޑޫދުއަށް ވަދެ މުދާ އަރުވައިގެން ހިރިލަންދުއަށް ގޮސް، އެރަށުން ފުރުމަށްފަހުގައެވެ. ނަމަވެސް ބޯޓުގައި އަލިފާން ރޯވި ސަބަބާއި ބޯޓުގައި ހުރި މުދަލާ ގުޅޭ ތަފްސީލު މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ