މަޖީދީމަގުގެ ކާނުތައް ސާފުކޮށް ނިންމާލައިފި

މަޖީދީމަގުގެ ކާނުތައް ސާފުކޮށް ނިންމާލައިފި

ގުޅުންހުރި

ވާރޭ ވެހިއްޖެ ނަމަ މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، މަޖީދީމަގުގެ ކާނުތައް ސާފުކޮށް ނިންމާލައިފިއެވެ.

އެވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް އެއްކޮށް ސާފުކޮށް ނިންމާލެވިފައިވާ ކަމަށެވެ. މީގެއިތުރުން ވަޒީރު އާދަމް ޝަރީފް ވަނީ މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާ ވުޒާރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރުމަށް މިވުޒާރާއިން ހިންގަމުންދާ މި މަސައްކަތަކީ ވަރަށް މުހިންމު ޙަރަކާތެކެވެ. ސަބަބަކީ ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އުނދަގޫ ޖެހޭއިރު، ސިފައިންނާއި ފުލުހުންނާއި މި ވުޒާރާއިން ނުކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދޭތެރެދޭތެރެއިން ކުރަންޖެހެއެވެ.

މިދިޔަ މަހުގެ 8 ވަނަ ދުވަހު ފެށުނު މި ޙަރަކާތަކީ، ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށްވުރެ ބޮޑަށް ކުޑަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން މިވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ