މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުމުގެ މައްސަލައިގައި ކުރިން ހައްޔަރުކުރެވުނު މީހަކު އަލުން ވައްކަމުގެ މައްސަލައެއްގައި ބަންދުކޮށްފި

މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުމުގެ މައްސަލައިގައި ކުރިން ހައްޔަރުކުރެވުނު މީހަކު އަލުން ވައްކަމުގެ މައްސަލައެއްގައި ބަންދުކޮށްފި

Author
ހުސައިން
03 އޭޕްރިލް 2025 12:37
0

މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުމުގެ މައްސަލައިގައި ކުރިން ހައްޔަރުކުރެވުނު މީހަކު އަލުން ވައްކަމުގެ ދަޢުވާއެއްގައި ބަންދުކޮށްފިއެވެ. މި ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ މ. ކޮޅުފުށީ، އާރެސް، 38 އަހަރުގެ ހަސަން ގާލިބެވެ. ކޯޓުން މިހާރު ނިންމަވާފައިވަނީ މީނާގެ ބަންދު މުއްދަތު 15 ދުވަހަށް އިތުރުކުރުމަށެވެ. ކޯޓު އަމުރުގައި ފާހަގަކުރެވިފައިވާ ގޮތުގައި ހަސަން ގާލިބަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ.

ހަސަން ގާލިބަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިޔާ ފްލެޓެއްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބައިވެރިވި މީހެކެވެ. އެވަގުތު ފުލުހުން ހައްޔަރުކުރި 12 މީހުންގެ ތެރޭގައި އޭނާވެސް ހިމެނެއެވެ. ފުލުހުން ހާމަކުރިގޮތުގައި، މި މީހުން ހިޔާ ފްލެޓް އެޗް9 ގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓުގައި މީހަކު ރަހީނުކޮށް، އެމީހާގެ ބޮލުގެ އިސްތަށިގަނޑު ބޭލުމަށްފަހު، އިނގިލި ބުރިކޮށްލަން ތައްޔާރުވަނިކޮށް ފުލުހުން އެމީހުން ހައްޔަރުކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.