ފާއިތުވި 24 ގަޑިއިރު ތެރޭ އިސްރާއީލުން ޢައްޒާގައި 80 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ފާއިތުވި 24 ގަޑިއިރު ތެރޭ އިސްރާއީލުން ޢައްޒާގައި 80 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ގުޅުންހުރި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ގަދަވެފައިވާ ކަމަށާއި، ރޭގެ ވަގުތެއްގައި އެކަނިވެސް 80 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޖަބާލިޔާ ރެފިއުޖީ ކޭމްޕްގައި ހުރި އދ.ގެ އަންރުވާ މެޑިކަލް ފެސިލިޓީއަކަށް އިސްރާއީލްގެ މިސައިލް ހަމަލާއެއް ދިނުމުގެ ސަބަބުން މަދުވެގެން 22 މީހުން ޝަހީދުވެފައިވާ ކަމަށާއި، މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ވެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ އިސްރާއީލްގެ ނިރުބަވެރި ސިފައިން ޣައްޒާ ސަރަޙައްދު ބައިބައިކުރުމަށް އެތަނުގެ ސަރަޙައްދުތައް ހިފަމުންދާ ކަމަށެވެ. މިކަމާ ގުޅިގެން ރޭގެ ވަގުތެއްގައިވެސް ޣައްޒާއަށް އިސްރާއީލުން ދެ ރޮކެޓް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތަކުން ހާމަކުރެއެވެ. މީގެ އިތުރުން، އިސްރާއީލްގެ ސިފައިން ސީރިއާގެ ދިމިޝްޤު އަދި ހޮމްސް ސަރަޙައްދުތަކަށްވެސް އަލުން ހަމަލާދީފައިވާ ކަމަށް އިސްރާއީލްގެ ސިފައިން ވަނީ ކަށަވަރުކޮށްދީފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ހައްދު ފަހަނައަޅާފައިވާ އިސްރާއީލުން ހިންގަމުންދާ ޤަތުލު ޢާއްމުގައި މަދުވެގެން 50,423 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށާއި، 114,638 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ސަރުކާރުގެ މީޑިއާ އޮފީހުން މަރުވި މީހުންގެ އަދަދު 61,700 އަށް އަޕްޑޭޓްކޮށްފައިވާ ކަމަށާއި، ވެއްޔާއި ސިމެންތި ތެރޭގައި ގެއްލިފައިވާ އެތައް ހާސް މީހުން ޝަހީދުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ