އާ ޖެންސެޓް އޮޕަރޭޝަނަށް ގެނައި ފަހުންވެސް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނާދޭ!

އާ ޖެންސެޓް އޮޕަރޭޝަނަށް ގެނައި ފަހުންވެސް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނާދޭ!

ގުޅުންހުރި

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް އެންމެ ފަހުން ގެނައި 1.8 މެގަވޮޓްގެ ޖަނަރޭޓަރު ބޭނުންކުރަން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެން ފަށައިފިއެވެ. ފެނަކައިން ކުރިން ބުނެފައިވަނީ މި ޖަނަރޭޓަރު ބޭނުންކުރަން ފެށުމަށްފަހު ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުވާނެ ކަމަށެވެ. އެހެންނަމަވެސް، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އެކި ސަރަހައްދުތަކުން މިއަދު ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަރަންޓް ކެނޑިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ރައްޔިތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި، އާ ޖަނަރޭޓަރެއް ކަމަށް ބުނެ އައްޑުއަށް ގެނައީ ބާވެފައިވާ ޖަނަރޭޓަރެއް ކަމަށް ދެކެވޭ ވާހަކަތަކަށް މިހާރުގެ ހާލަތުން ބާރުލިބޭކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ބައެއް މީހުން ފެނަކައިން އައްޑޫ ރައްޔިތުންނަށް ޖެއްސުންކުރަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ހަތަރު ޖަނަރޭޓަރު ގެނެސްފައިވާއިރު، ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ފޯރުކޮށްދޭ މަރުކަޒީ އިންޖީނުގޭގައި މިހާރު ޖުމްލަ 19 ޖަނަރޭޓަރު ހުރިކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މި ޖަނަރޭޓަރުތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދުމަށް ދަތިވެފައިވެއެވެ. ފެނަކައިން މަޢުލޫމާތު ދީފައިވާ ގޮތުގައި އައްޑޫގައި ކަރަންޓަށް އެންމެ ބޮޑަށް ބޭނުންވާ ވަގުތުތަކުގައި ކަރަންޓުގެ ލޯޑް 11.6 މެގަވޮޓަށް އަރާކަމަށް ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ