ގާޒާގައި މަރުވެފައިވާ ނޫސްވެރިންގެ އަދަދު މީގެކުރިން ދުނިޔޭގައި ހިގާފައިވާ އެހެން ހުރިހާ ބޮޑެތި ހަނގުރާމަތަކަށްވުރެވެސް ގިނަ

ގާޒާގައި މަރުވެފައިވާ ނޫސްވެރިންގެ އަދަދު މީގެކުރިން ދުނިޔޭގައި ހިގާފައިވާ އެހެން ހުރިހާ ބޮޑެތި ހަނގުރާމަތަކަށްވުރެވެސް ގިނަ

Author
ހުސައިން
02 އޭޕްރިލް 2025 10:40
0

ގާޒާގައި މަރުވެފައިވާ ނޫސްވެރިންގެ އަދަދު ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައާއި އެހެނިހެން ބޮޑެތި ހަނގުރާމަތަކުގައި ޖުމްލަކޮށް މަރުވި ނޫސްވެރިންގެ އަދަދަށްވުރެ ގިނަ ކަމަށް މަދަނީ ޖަމިއްޔާއެއް ކަމަށްވާ "ކޯސްޓް އޮފް ވޯ ޕްރޮޖެކްޓް"އިން އަންމުކުރި ދިރާސާއެއްގައި ބުނެފިއެވެ.

"ދަ ކޮސްޓްސް އޮފް ވޯ ޕްރޮޖެކްޓް" އިން ޝާއިޢުކުރި އައު ދިރާސާއަކުން ހާމަވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 އިން ފެށިގެން ގާޒާގައި މަރުވެފައިވާ ނޫސްވެރިންގެ އަދަދު "ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައާއި އެހެނިހެން ބޮޑެތި ހަނގުރާމަތަކުގައި ޖުމްލަކޮށް" މަރުވި ނޫސްވެރިންގެ އަދަދަށްވުރެ ގިނަކަމެވެ.

މީގެ ތެރޭގައި "އެމެރިކާގެ ސިވިލް ވޯރ، ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމަ، ކޮރެއާގެ ހަނގުރާމަ، ވިއެޓްނާމްގެ ހަނގުރާމަ، ކެމްބޯޑިއާ އަދި ލާއޯސްގެ ހަނގުރާމަތައްވެސް ހިމެނޭގޮތަށް، 1990 އަދި 2000 އަހަރުތަކުގައި ޔުގޯސްލަވިއާގައި ހިނގި ހަނގުރާމަތައް، އަދި 9/11 އަށްފަހު އަފްޣާނިސްތާނުގައި ހިނގި ހަނގުރާމަ" ހިމެނެއެވެ.

"ޙަޤީޤަތުގައި މިއީ، ނޫސްވެރިންނަށް މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި ހަނގުރާމައެވެ،" ކޮސްޓްސް އޮފް ވޯ ޕްރޮޖެކްޓުން ބުނެފައިވެއެވެ.

ގާޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން އަންގާރަ ދުވަހު ބުނެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އިސްރާއީލުން ގާޒާއަށް ފެށި ހަނގުރާމައިގައި މިހާތަނަށް 209 ނޫސްވެރިން މަރުވެފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.