"ހޯޕް އައިލެންޑް" މާލެ ކައިރި ގިރާވަރު ފަޅަށް ބަދަލުކުރަން ނިންމާއިފި

"ހޯޕް އައިލެންޑް" މާލެ ކައިރި ގިރާވަރު ފަޅަށް ބަދަލުކުރަން ނިންމާއިފި

ގުޅުންހުރި

ދ. ވާނީގައި ހެދުމަށް ނިންމާފައިވާ "ހޯޕް އައިލެންޑް" މާލެ ކައިރި ގިރާވަރު ފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު އަޙްމަދު ސިއްދީޤު ވިދާޅުވެފައިވަނީ، "ހޯޕް އައިލެންޑް" ދ. ވާނީގައި ތަރައްޤީކުރުމަށް ކުރެހުންތަކާއި ކޮންސެޕްޓްތައް ވެސް ތައްޔާރުކޮށް ނިންމާފައިވީ ނަމަވެސް، މާލެއާ ދުރުގައި ވާނީ އޮތުމުން ޚަރަދުގެ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެތީ، މި މަޝްރޫޢު ގިރާވަރު ފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ވާނީގައި އެތަން ތަރައްޤީކޮށްފި ނަމަ، މާލެއިން ވައިގެ މަގުން ދާން މިޖެހެނީ ކުޑަހުވަދޫއަށް. ކަނޑުމަގުން ދާނަމަ އެތަކެއް ގަޑިއިރެއް އެބަ ހޭދަވޭ. ޚަރަދުގެ ގޮތުން ބަލާނަމަ އެފޯޑް ކުރެވޭވަރަށްވުރެ ބޮޑު ޚަރަދެއް ހިނގާނެ" ކަމަށް ސްޓޭޓް މިނިސްޓަރ އަޙްމަދު ސިއްދީޤު ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ގިރާވަރު އުތުރުފަޅުން ހިއްކުމަށް ނިންމާފައިވެއެވެ. މީގެއިތުރުން، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫޢަށް ބޭނުންވާ 30 ހެކްޓަރުގެ ބިންވެސް އެ ފަޅުން ހިއްކައިގެން "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްޤީކުރުމަށް ވެސް ނިންމާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު ހާމަކުރެއްވިއެވެ.

"ހޯޕް އައިލެންޑް" ހެދުމުން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވޭނެއެވެ. މި ރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 700 އެއްހާ މީހުންގެ ޖާގައަށް ޚާއްސަކޮށް، މުދައްރިސުންނާއި ފުލުހުންގެ އިތުރުން ކުޅިވަރު އިންސްޓްރަކްޓަރުންނަށް ބޭނުންވާ ވަސީލަތްތަކާ އެކުގައެވެ. އަދި ރަށް ތަރައްޤީކުރާއިރު ކުދިންނަށް ކިޔަވައިދޭނެ ސްކޫލަކާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަންތަން ވެސް ހިމަނާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ