އައްޑުއަށް އިންޖީނު އިންސްޓޯލްކޮށް މާދަމާ ހެނދުނު ޓެސްޓްކުރެވޭނެ

އައްޑުއަށް އިންޖީނު އިންސްޓޯލްކޮށް މާދަމާ ހެނދުނު ޓެސްޓްކުރެވޭނެ

ގުޅުންހުރި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އިންޑިއާއިން ގެނެވުނު އިންޖީނު އިންސްޓޯލްކޮށް މާދަމާ ހެނދުނު ޓެސްޓްކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރުމަށް ސިޓީއަށް ގެނެވުނު 1.8 މެގަވޮޓްގެ އައު އިންޖީނު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފެނަކައިން މަޢުލޫމާތުދީފިއެވެ.

ފެނަކައިން އިތުރަށް ހާމަކުރި ގޮތުގައި އިންޖީނު އިންސްޓޯލްކޮށް ޚިދުމަތް ފެށުމަށްޓަކައި ޓެކްނިކަލް ޓީމުން ރެޔާއި ދުވާލު މެދުނުކެނޑި، ދަންފަޅި ބަހައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސައްކަތް ނިމި ޓެސްޓް ރަން ކުރެވޭނެކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު ކަމަށެވެ.

ފެނަކައިން ވަނީ ކަރަންޓު ކެނޑުމުގެ ގިނަގުނަ ތަކުލީފުތަކާއެކުވެސް، އައްޑޫ ސިޓީގެ ރައްޔިތުން ކެތްތެރިކަން އިސްކޮށް ދައްކަމުންދާ ފުރިހަމަ ނަމޫނާއަށާއި، މި މައްސަލަތައް ޙައްލުކުރުމަށް ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން، ފެނަކައިން ވަނީ 1,000 ކިލޯވޮޓްގެ އިންޖީނެއްވެސް މި މަހުގެ 11 ވަނަ ދުވަހު އައްޑޫއަށް ފޮނުވާފައެވެ. ނަމަވެސް އައްޑޫގެ ކަރަންޓުގެ މައްސަލަ އެއްކޮށް ޙައްލުވެފައި ނުވާތީ، ފެނަކައިން އަންނަނީ ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްތައް ކުރަމުންނެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެއްކަން ފެނަކައިން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ