12 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް 3 ކުންފުންޏަކާ ހަވާލު ކޮށްފި

12 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް 3 ކުންފުންޏަކާ ހަވާލު ކޮށްފި

ގުޅުންހުރި

12 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން މިއަދު ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން، ކުޑަކުދިންގެ ޕާކު ނެތް ރަށްތަކުގައި އައު ޕާކުތައް ތަރައްޤީކުރެވޭނެއެވެ.

މިއަދު ހަވީރު ސްޓެލްކޯގެ 5 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާއެވެ.

މި މަޝްރޫޢުގެ ދަށުން ފެނަކައާއި ޙަވާލުކުރެވުނު ރަށްތަކުގެ ތެރޭގައި ށ. ފީވައް، ނ. ހެނބަދޫ، ނ. މާޅެންދޫ، ނ. ކުޑަފަރި، މ. ވޭވަށް، އަދި މ. މަޑުއްވަރި ހިމެނެއެވެ. އެމްޓީސީސީއާ ޙަވާލުކުރެވުނު ރަށްތަކުގެ ތެރޭގައި ށ. ކޮމަންޑޫ، ނ. މަނަދޫ، ނ. ފޮއްދޫ، އަދި ފ. ނިލަންދޫ ހިމެނެއެވެ. އެހެންމެ، އާރުޑީސީއާ ޙަވާލުކުރެވިފައިވަނީ ނ. ކެނދިކުޅުދޫ އަދި ނ. ވެލިދޫގައި ޕާކު ތަރައްޤީކުރުމުގެ މަސައްކަތެވެ.

މި ޕާކުތައް ނިންމުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ކުޅެ އުޅުމަށް އެކަށީގެންވާ ތަންތަން ފޯރުކޮށްދިނުމެވެ.

މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫޢަކީ ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ރަށްރަށުގެ ކުޑަކުދިންނަށް އުފާވެރި މާޙައުލެއްގައި ހަރަކާތްތެރިވެ، ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ޓަކައި، ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. މި ސަރުކާރުން ދަނީ ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ