ފަލަސްތީނު ރައްޔިތުން ޢައްޒާއިން ނެރުމަށް ކުރަމުންދާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނު ރައްޔިތުން ޢައްޒާއިން ނެރުމަށް ކުރަމުންދާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

ގުޅުންހުރި

ފަލަސްޠީނުގެ ރައްޔިތުން ގާޒާއިން ނެރުމަށް އިޒްރާއީލުން އޭޖެންސީއެއް ޤާއިމުކުރަން ނިންމި ނިންމުމާއި، އަދި ވެސްޓް ބޭންކުގައި ހުރި 13 ޣައިރު ޤާނޫނީ ސެޓްލްމަންޓް އިސްރާއީލގެ އަމިއްލަ ސެޓްލްމަންޓް ގޮތުގައި ހެދުމަށް އިސްރައީލުން ނިންމި ނިންމުން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އ.ދ. ގެ ޤަރާރުތަކަށް، ޚާއްޞަކޮށް އ.ދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޤަރާރު 2334 އަށް ސީރިއަސް ޚިލާފުވުމެއް ކަމުގައެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ، ޢައްޒާގެ ރައްޔިތުން އެމީހުންގެ ބިމުން ނެރުމާއި އިސްރާއީލުން ޢައިރުގާނޫނީ ސެޓްލްމަންޓް ފުޅާކުރުމަކީ ސުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅުމަކާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތަށް ނުރައްކާތެރިވުމެއް ކަމުގައެވެ.

ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުމަތައަށް ގޮވާލައިފައިވަނީ ފަލަސްތީނުގެ އާންމު ރައްޔިތުން ޙިމާޔަތްކުރުމަށާއި ގާޒާގައި ހިނގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.

އަދި އެ ބަޔާނުގައި ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށާއި، 1967 ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޖެރޫސަލަމަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ބަލައިގެން މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤަށް ތާއީދުކުރާކަމަށް ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ