އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް ފޮނުވަނީ

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް ފޮނުވަނީ

ގުޅުންހުރި

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ހުރި ޖެންސެޓަކަށް މައްސަލަ ދިމާވުމާ ގުޅިގެން، ފެނަކައިން ކަރަންޓު ކަނޑާލަންޖެހޭ ވަގުތު އިތުރުކޮށްފައިވާއިރު، މި މައްސަލަ ހައްލުކުރުމަށްޓަކައި 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވަން ނިންމައިފިއެވެ.

ފެނަކައިން ރޯދަމަހުގެ ކުރިން ވަނީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެކަމަށް ވަޢުދުވެފައެވެ. ނަމަވެސް ރޯދަމަސް ފެށުނު ފަހުންވެސް މި މައްސަލައަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ. އެގޮތުން، އިއްޔެވެސް އިންޖީނެއްގެ ހޮޅިގަނޑެއް ފަޅައިގެންދިއުމުގެ ސަބަބުން ހިތަދޫގެ ބައެއް ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓު ކަނޑާލަން ޖެހުނެވެ.

ފެނަކައިގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި ރޯދަމަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެފައި ނުވަނީ ޖަނަރޭޓަރުތަކަށް ބޮޑެތި މަރާމާތުތަކެއް ބޭނުންވާތީއާއި، ރޯދަމަހުގެ ހަވީރު ގަޑީގައި ކަރަންޓުގެ ލޯޑު އިތުރަށް ހިފާތީއެވެ. އެ ސަބަބަށްޓަކައި، މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާއިރު ލޯޑު ބޮޑުވާ ގަޑިތަކުގައި އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓު ހިދުމަތް މެދުކަނޑާލަމުންދާނެކަމަށް ފެނަކައިން ވަނީ މަޢުލޫމާތު ދީފައެވެ.

މި މައްސަލަ ހައްލުކުރުމަށް މިހާތަނަށްވެސް ތަފާތު މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އޭގެތެރޭގައި ރޯދައިގެ ކުރިން ގެންގޮސް ބޭނުންކުރަން ފެށި 1.8 މެގަވޮޓުގެ ޖެންސެޓަކާއި، މި މަހުގެ ތެރޭގައި ފޮނުވި 1,000 ކިލޯވޮޓުގެ ޖެންސެޓެއް ހިމެނެއެވެ. އަދި ފަހުން 1,600 ކިލޯވޮޓުގެ ޖެންސެޓެއް ފޮނުވުމުގެ މަސައްކަތްވެސް ފެނަކައިން ކޮށްފައިވެއެވެ.

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސްފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށްތަކުގައި ހުރި ކަރަންޓު މައްސަލަތައް ހައްލުކުރުމުގެ އަމާޒުގައި މަސައްކަތްތަކެއް ކުރިއަށްދާކަމަށް ރައީސް މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، ސަރުކާރުން މިކަން ހައްލުކުރުމަށް ތަފާތު އެކި ތާރީޚުތައް ކަނޑައަޅައި، ވަޢުދުވެފައިވީނަމަވެސް، މި މައްސަލައަށް މިހާރު ވަނީ އަހަރަކަށްވުރެ ގިނަދުވަސް ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ