ރައީސް ފިޔާޒަށް އިންޒާރުދިން ކަމަށް ބުނާ މައްސަލާގައި ދައުވާކުރުމަށް ހެކި ނުފުދޭކަމަށް ޕީޖީ ނިންމައިފި

ރައީސް ފިޔާޒަށް އިންޒާރުދިން ކަމަށް ބުނާ މައްސަލާގައި ދައުވާކުރުމަށް ހެކި ނުފުދޭކަމަށް ޕީޖީ ނިންމައިފި

ގުޅުންހުރި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ސީ.އީ.އޯ އަދި ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާއަށް އިންޒާރުދެއްވިކަމަށް ބުނެ ހުށަހެޅުނު މައްސަލައިގައި ދައުވާކުރުމަށް ފުދޭވަރުގެ ހެކި ނެތްކަމަށް ނިންމަވައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، ފުލުހުން މި މައްސަލަ ތަޙުޤީޤުކުރުމަށްފަހު 23 މާރިޗު 2025 ގައި ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް، ފުލުހުން ހޯދާފައިވާ ހެކިތައް ދިރާސާކުރުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ޤާނޫނީގޮތުން އިންޒާރު ދެއްވިކަމަށް މާނަކުރެވޭނެ ބަހެއް ނުވަތަ އިބާރާތެއް ބޭނުންކުރައްވާފައި ނުވާކަން ފާހަގަކުރެވުނު ކަމަށެވެ.

ހުސައިން ފިޔާޒު މޫސާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އިންޒާރު ދެއްވިކަމަށް ބުނެއެވެ.

ޕީޖީ އޮފީހުން މި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމެވުމާއެކު، ނޫސްވެރިޔާ ފިޔާޒު މޫސާއާއި ރައީސް މުއިއްޒުގެ ދެމެދުގައި ދިމާވި މި މައްސަލައިގެ ގާނޫނީ މަރުހަލާ މިހާހިސާބުން ނިމުމަކަށް އަންނާނެކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ