ތެލަސީމިއާ ސެންޓަރުގެ މަގާމަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި

ތެލަސީމިއާ ސެންޓަރުގެ މަގާމަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި

ގުޅުންހުރި

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އަޙްމަދު މަޢުޞޫމް ޢައްޔަންކުރައްވައިފިކަމަށް ހެލްތު މިނިސްޓްރީން މިއަދު ހާމަކުރައްވައިފިއެވެ. މަޢުޞޫމަކީ މެނޭޖްމަންޓް އަދި ހިންގުމުގެ ދާއިރާއިން ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް ޚިދުމަތްކުރައްވާފައެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، އެމްބީއެސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްއަކާއި ޑިރެކްޓަރެއްގެ މަޤާމަށްވެސް ދެ ބޭފުޅަކު ވަރަށް އަވަހަށް ޢައްޔަންކުރެވިގެންދާނެއެވެ. މީގެއިތުރުން، ވަރަށް އަވަހަށް ފިޒީޝަނެއްވެސް ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެމްބީއެސްއަށް މިވަގުތު ބޭނުންވާ 5 ނަރުހުން ހޯދުމަށް ކުރި އިޢުލާން މިހާރުވަނީ ޝާއިޢުކުރެވިފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާއާއި ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި، ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށާއި، އެ ސެންޓަރުގައި ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ނިންމަވާފައެވެ.

އެމަނިކުފާނު އިއްޔެ އެމްބީއެސްއަށާއި، އެމްބީއެސްގެ މަސައްކަތް ބަދަލުކުރުމަށް ނިންމާފައިވާ އޮރެންޖް ހިޔާއަށް ވަޑައިގެން، އެތަންތަން ބައްލަވައި، ކުރެވުނު މަޝްވަރާތަކަށްފަހު ނިންމެވީ، ތެލެސީމިއާ ކުދިންނަށާއި ސެންޓަރުގެ ދަތިތައް ޙައްލުކުރުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ