ފިތުރު އީދަށް ރައްތައް ދިއުލުމަށް ބޭނުންވާ ސާމާނު މާދަމާ ރަށްތަކަށް ފޮނުވަން ފަށަނީ

ފިތުރު އީދަށް ރައްތައް ދިއުލުމަށް ބޭނުންވާ ސާމާނު މާދަމާ ރަށްތަކަށް ފޮނުވަން ފަށަނީ

ގުޅުންހުރި

ރާއްޖޭގެ އެކި ރަށްތަކުގައި ފިތުރު އީދާ ދިމާކޮށް "އީދު އަލި" ޕްރޮގްރާމުގެ ދަށުން ރަށްތައް ދިއްލުމަށް ބޭނުންވާ ސާމާނު މާދަމާއިން ފެށިގެން ރަށްތަކަށް ފޮނުވަން ފަށާނެ ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި އަހަރު ފިތުރު އީދު ދުވަހާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހުގެ ރޭ މުޅި ރާއްޖެ ދިއްލާލުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ދަނީ ފުރިހަމަ ކުރަމުންނެވެ. "އީދު އަލި" ދިއްލުމުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ފެއްޓެވި ހަރަކާތެއް ކަމަށާއި، މުޅި ރާއްޖެ ދިއްލުމުގެ ހަރަކާތް ފެށުނީ އެމަނިކުފާނުގެ ވެރިކަމުގެ ޒަޢާމަތުގައި މިދިޔަ އަހަރުގައި ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.

މިދިޔަ އަހަރު ދިއްލި ރަށްތަކާއި ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށެއް ދިއްލުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށްތަކަށް ބޭނުންވާ އީދު ލައިޓްތައް މާދަމާއިން ފެށިގެން ފޮނުވަން ފަށާނެ ކަމަށް ސިޓީތަކާ ބެހޭ މިނިސްޓްރީން ވިދާޅުވިއެވެ.

ސިޓީތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މާލޭ ސިޓީގައި އީދު ލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު ދަނީ ކުރިއަށް ކަމަށެވެ. މި މަސައްކަތުގައި ސްޓެލްކޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އެޗްޑީސީއާއި އަދި މާލޭ ސިޓީ ކައުންސިލުން ބައިވެރިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރުގެ "އީދު އަލި" ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ