ތެލަސީމިއާ ސެންޓަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާ ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ތެލަސީމިއާ ސެންޓަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާ ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ގުޅުންހުރި

ތެލަސީމިއާ ސެންޓަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާ ދެއްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާދީއްތަ ދުވަހު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވީ، އޭގެ ކުރީ ރޭ ތެލެސީމިއާ ބަލިމީހުންނާއި އެމީހުންގެ ޢާއިލާތައް އެ ސެންޓަރުގެ ބޭރުގައި އެއްވެ، މޯލްޑިވްސް ބްލަޑް ސަރވިސް (އެމްބީއެސް) ގެ ވެރިންގެ އިސްތިޢުފާ ދިނުމަށް ގޮވާލުމަށްފަހުއެވެ.

މި އިހުތިޖާޖަކީ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރތަކަށް ގެއްލުން ލިބުމުގެ ސަބަބުން ލޭ އިސްރާފުވާ މިންވަރު އިތުރުވުމާ ގުޅިގެން ފާޅުކުރެވުނު ކަންބޮޑުވުމަކަށް ފަހުގައެވެ.

އިހުތިޖާޖުކުރި ފަރާތްތަކުން އެމްބީއެސްގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފައިޞަލް އިބްރާހީމްގެ އިތުރުން ޞިއްޙަތާބެހޭ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާގެ އިސްތިޢުފާ ހޯދުމަށް ގޮވާފައި ވެއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސް މުޢިއްޒު އާދީއްތަ ދުވަހުގެ ހެނދުނު އެމްބީއެސްގެ މައި މަރުކަޒަށް، އާންމުކޮށް ތެލެސީމިއާ ސެންޓަރު ކަމުގައި ޙަވާލާދެވޭ ތަނަށް ޒިޔާރަތްކުރައްވާ، ސެންޓަރުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ޙާލަތާބެހޭ އަޕްޑޭޓްތައް ބައްލަވާލެއްވިކަމަށެވެ.

އަދި އެވަގުތު އެތާނގައި ތިބި ތެލެސީމިއާ ބަލިމީހުންނާއި އެމީހުންގެ ޢާއިލާގެ މެންބަރުންނާވެސް ބައްދަލުކުރައްވާ، އެމީހުންގެ ކަންބޮޑުވުންތަކަށް ރައީސް ވަނީ އަޑުއައްސަވާފައެވެ.

ރައީސް މުޢިއްޒުގެ މި ޒިޔާރަތުގައި ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް، މާލިއްޔާ ވަޒީރު މޫސާ ޒަމީރު، އަދި އެމްބީއެސްގެ ވެރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސްގެ އޮފީހުން ވިދާޅުވެފައިވަނީ، ރައީސް މިހާރު ވަނީ ފާޅުކުރެވުނު ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ފަށްޓަވާފައިކަމަށެވެ.

ދިވެހިރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދުގައި އެންމެ ގިނަ އަދަދަކަށް ތެލެސީމިއާ ބަލިމީހުން ދިރިއުޅޭ ޤައުމެވެ. ރާއްޖޭގައި 600 އަށް ވުރެ ގިނަ ތެލެސީމިއާ ބަލިމީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

ބަލިމީހުން އެތައް އަހަރެއް ވަންދެން ޝަކުވާކުރަމުން އަންނަނީ މުހިންމު ބޭސްތައް ޤަވާޢިދުން ލިބުމުގެ ދަތިކަމާއި އެހެނިހެން މައްސަލަތަކާ ބެހޭ ގޮތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ