ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އެހެން މީހުންގެ ބަންދަށްވެސް މުއްދަތު ޖަހައިފި

ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އެހެން މީހުންގެ ބަންދަށްވެސް މުއްދަތު ޖަހައިފި

ގުޅުންހުރި

ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އެކަކު ތިން ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ރޭ ވަނީ ހާމަކޮށްފައެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެ މައްސަލަ ތަޙްޤީޤުކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ފުލުހުން އިހަކަށްދުވަހު މީޑިއާއަށް މަޢުލޫމާތު ދީފައިވެއެވެ. މި އޮޕަރޭޝަނުގައި މުޅިއެކު ތިން މީހަކު ހައްޔަރުކުރެވުނެވެ.

ފުލުހުންގެ ފަރާތުން ދެއްވި މަޢުލޫމާތުގައި، މި މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުވެސް ހައްޔަރުކުރެވިފައިވާ ކަމަށާއި، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤަށް ކުރިޔަށްދާ މިންވަރާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް ފުލުހުން އިންކާރުކުރި ނަމަވެސް، ކުރިޔަށް އޮތް ދުވަސްތަކުގައި މި މައްސަލައިގައި އިތުރު ފަރާތްތަކެއް ހައްޔަރުކުރެވިދާނެ ކަމަށް ބެލެވެއެވެ.

ބިދޭސީން ރާއްޖެ ގެނައުމާއި ގާނޫނާ ޚިލާފަށް ރާއްޖޭގައި ބޭތިއްބުމާ ގުޅޭ މައްސަލަތައް ފާއިތުވި އަހަރުތަކުގައި އިތުރުވެފައިވާ ކަމަށް  ފާހަގަވެފައިވާއިރު، މިފަދަ ކަންކަމާ ގުޅިފައިވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ