ޤައުމީ ޓީމުގެ ކުރީގެ ކޯޗު، ސާންތީގެ ޖަނާޒާ މިއަދު މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ޤައުމީ ޓީމުގެ ކުރީގެ ކޯޗު، ސާންތީގެ ޖަނާޒާ މިއަދު މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ގުޅުންހުރި

މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމާ ގުޅިގެން، އޭނާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސާންތީ ނިޔާވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ.

ސާންތީގެ މޫނު ދެއްކުން އޮންނާނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ޖަނާޒާ ނަމާދު ކުރުމަށްފަހު ފަސްދާނުލުން އޮންނާނީ އާސަހަރާގައެވެ.

ސާންތީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. މީގެ އިތުރުން ކުޅިވަރަށް ލޯބިކުރާ އެކި ފަރާތްތަކުން ވެސް މި ހިތާމައިގައި ބައިވެރިވެ، ސާންތީގެ އާޢިލާއަށް ތައުޒިޔާ ކިޔަމުން ދެއެވެ.

ގިނަ ބަޔަކަށް ސާންތީ އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އޭނާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ފުޓްބޯޅައިން ތައްޓެއް ހޯދައިދިން ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ. 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ދިވެހިންނަށް ކާމިޔާބުކޮށްދިނުމުގައި އޭނާ އަދާކޮށްފައިވަނީ ވަރަށް ފުރިހަމަ ދައުރެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ