ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 10 ބިދޭސީންގެ ވަނަވަރު ހާމަކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 10 ބިދޭސީންގެ ވަނަވަރު ހާމަކޮށްފި

ގުޅުންހުރި

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 21 ވަނަ ދުވަހު ދަންވަރު ދިވެހި ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށްވުރެ ގިނަ ތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރި ހާމަކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ އިންޑޮނޭޝިއާގެ ތިން ރައްޔިތުންނާއި އިންޑިއާގެ ހަތް ރައްޔިތުން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާގެ ނަސްވަން އާދިލް (30 އަހަރު)، އެޑްރިއަންސަޔާ (25 އަހަރު)، އަދި މުޙައްމަދު އިޤްބާލް މަކްރޫމް (30 އަހަރު) އެވެ. މީގެ އިތުރުން އިންޑިއާގެ ޕްރަބާކަރަން ނަގަރާޖަން (35 އަހަރު)، ރޯމަންސް ސަންތިޔާ ފެނާންޑޯ (58 އަހަރު)، ގަނޭޝް ބޮމްމާލީ (22 އަހަރު)، ޑަތުކިލޭ ދަރްޝަން ވިޖޭ (22 އަހަރު)، ޕީޓާ ވިނީ (28 އަހަރު)، ސަރަން ޕަދްމަން (28 އަހަރު) އަދި ގޯސިކް ރާޖް ޖޭމްސް ނޮކްސް (30 އަހަރު) އެވެ.

ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް މީހަކު ފަސް ދުވަހަށް އަދި ފަސް މީހަކު އެއް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އެއް ދުވަހަށް ބަންދުކުރި މީހުންގެ ބަންދު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، އެކަކަށް އިތުރު ތިން ދުވަހަށް އަދި ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ