ފަލަސްޠީނީންގެ "ވުޖޫދު" ބޭއްވުމަށް ޣައްޒާގެ ހުރިހާ ބާރެއް ދޫކޮށްލުމަށް ފަލަސްޠީނީ އޮތޯރިޓީގެ ރައީސް މަޙުމޫދު އައްބާސްގެ ފަތަޙް ޙަރަކާތުން ޙަމާސް އަށް ގޮވާލައިފިއެވެ
"ޙަމާސް އިން ޣައްޒާގެ ކުޑަކުދިންނަށް، އަންހެނުންނަށް އަދި ފިރިހެނުންނަށް ރަޙުމަތްތެރިކަން ދައްކަންޖެހެއެވެ" ފަތަޙް ޚަބަރުފަތުރާ ފަރާތް މުންދަރު އަލް-ހައިކް ވިދާޅުވިއެވެ.
ފަތަހްއިން ބުނެފައިވަނީ ޙަމާސް އަށް "ވެރިކަން ކުރުމުން އެއްފަރާތަށް ޖެހި ކުރިމަތީގައިވާ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި އެމީހުން ބާރުގައި ދެމިހުރެއްޖެނަމަ ފަލަސްޠީނީންގެ ވުޖޫދު ނިމުމަކަށް ގެނެސްފާނެކަން ފުރިހަމައަށް ބަލައިގަތުމަށެވެ".
ޙަމާސް އިން 2007 ގައި ވަނީ ފަތަޙް މެޖޯރިޓީ އެކުލެވޭ ފަލަސްޠީން އޮތޯރިޓީން ޣައްޒާގެ ބާރު ހޯދާފައެވެ. އޭގެ ފަހުން މި ދެމާއަތް އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބުމަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވެފައިވެއެވެ.