ރަސްމާލެ މަޝްރޫއާއެކު މާލޭ ސަރަހައްދުގައި ބިން ހިއްކުމުގެ މަސައްކަތަށް 15 މިލިއަން ޑޮލަރު ހަރަދުކުރުމަށް ސަރުކާރުން ނިންމައިފި

ރަސްމާލެ މަޝްރޫއާއެކު މާލޭ ސަރަހައްދުގައި ބިން ހިއްކުމުގެ މަސައްކަތަށް 15 މިލިއަން ޑޮލަރު ހަރަދުކުރުމަށް ސަރުކާރުން ނިންމައިފި

ގުޅުންހުރި

ރައީސް މުހައްމަދު މުއިއްޒު އިއްޔެ ނެރުއްވި ގަރާރެއްގައި ދައުލަތުގެ އާންމު މަންފާއަށް ހިންގުމަށް ކަނޑައަޅާފައިވާ 25 މަޝްރޫއުގެ ތަފްސީލް ހާމަކުރައްވައިފިއެވެ. ގަރާރުގައި ވާގޮތުން، ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ އިތުރުން، ކ. ގުޅީފަޅު އަދި ގިރާވަރުފަޅުން ބިން ހިއްކުމަށް ޖުމްލަ 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ކުރަންޖެހޭ ކަމަށް ރާއްޖޭގެ އިންވެސްޓްމަންޓް ސިޔާސަތުގައި ކަނޑައަޅުއްވާފައިވެއެވެ.

ބިން ހިއްކުމަށް ކަނޑައަޅުއްވާފައިވާ ސަރަހައްދުތަކަށް ބަލާއިރު، ރަސްމާލެ މަޝްރޫއުއަށް 5 މިލިއަން ޑޮލަރު (77 މިިލިއަން ރުފިޔާ)، ގުޅީފަޅުން ބިން ހިއްކުމަށް 5 މިލިއަން ޑޮލަރު، ގިރާވަރުފަޅުން ބިން ހިއްކުމަށް 5 މިލިއަން ޑޮލަރު، އަދި އުތުރުތިލަފަޅުން ބިން ހިއްކުމަށް 5 މިލިއަން ޑޮލަރު ކަނޑައަޅުއްވާފައިވެއެވެ.

މީގެއިތުރުން، މުޅި ރާއްޖޭގައި ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށް 5 މިލިއަން ޑޮލަރު ޚަރަދުކުރަން ނިންމަވާފައިވާ އިރު، ބިން ހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމާއި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށްވެސް 5 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމަވާފައިވެއެވެ.

ސަރުކާރުން ނެރުއްވި ގަރާރުގައި ހައުސިންގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އެއާޕޯޓު މަޝްރޫއުތަކަކާއި 'އައްސޭރި ޓޫރިޒަމް' މަޝްރޫއުތަކެއްގެ އިތުރުން ކޯޒްވޭއިން ރަށްރަށް ގުޅާލުމުގެ މަޝްރޫއުތަކަށްވެސް އިންވެސްޓްކުރަންޖެހޭ އެންމެ ދަށް މިންވަރު ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ