ފެނުގެ މުސްތަޤުބަލް ކަށަވަރުކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ: ރައީސް

ފެނުގެ މުސްތަޤުބަލް ކަށަވަރުކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ: ރައީސް

ގުޅުންހުރި

ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށް އަޒުމް ކަނޑައަޅަންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު،  ވިދާޅުވެއްޖެއެވެ. ރައީސް މި މެސެޖް ދެއްވީ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރެއްވި އެކްސްޕޯސްޓެއްގައެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، "ގްލޭޝިއަލް ޕްރިޒަވޭޝަން" މިއަހަރުގެ ޝިއާރަކީ މޫސުމަށް އަންނަ ބަދަލުތަކާއި ފެނުގެ ވަސީލަތްތައް މަދުވުން އަދި އިންސާނުންގެ ނާޒުކުކަމާ ދެމެދު އޮންނަ ގުޅުމުގެ ހަނދާން އައުކޮށްދޭ ކަމެއް ކަމަށެވެ.

ގްލޭސިއަރތަކަކީ ވިރުމުން ކަނޑުގެ ފެންގަނޑު މައްޗަށް އުފުލެން ދިމާވާ މާ އައިސްގަނޑުތަކެވެ. މިފަދަ ނާޒުކު ކަންތައްތައް ޙައްލުކުރުމަށް ރައީސް ވަނީ ފަސްނުޖެހޭނެކަމުގެ ވަޢުދުވެ ވަޑައިގެންފައެވެ. އަދި ސާފު ފެން ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ގޮތް ކަށަވަރުކުރުމަކީ އެންމެ އިސްކަމެއްދޭ އެއްކަންކަމުގައި ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފެނުގެ ދުވަހަކީ 1993 އިން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އ.ދ.އިން ބުނާގޮތުގައި، ދުނިޔޭގެ 2.2 ބިލިއަން މީހުން ދިރިއުޅެނީ ސާފު ފެނެއް ނެތިއެވެ. މި ދުވަހުގެ މައިގަނޑު މަޤްޞަދަކީ 2030 ގެ ކުރިން ދުނިޔޭގެ އެންމެނަށް ސާފުފެނާއި ސެނިޓޭޝަން ފޯރުކޮށްދިނުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ