މާލޭގައި ހިންގުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހުން ހައްޔަރުކޮށްފި

މާލޭގައި ހިންގުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހުން ހައްޔަރުކޮށްފި

ގުޅުންހުރި

މާލެ، 22 މާރޗް 2025 – މާލޭގައި ހިންގުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހުން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި، މި 3 މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތްތަކަކީ:

  • ސ. މަރަދޫފޭދޫ / ނަސީމީގެ، މުޙައްމަދު ޝާނީޒް (46 އަހަރު)
  • މާލެ، މ. ސައިރިއަސް، މުޙައްމަދު ޠިބާޤް (39 އަހަރު)
  • ވ. ރަކީދޫ / ޖަންބުގެ، ފަރީދާ ޢަބްދުއްރަޙްމާން (35 އަހަރު)

މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ މީހުން ހައްޔަރުކުރުމަށްފަހު މާފަންނުގައި ހުރި ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ.

މި އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1.5 ކިލޯއަށް ވުރެ ގިނަ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޠިބާޤް އާއި ފަރީދާ ޢަބްދުއްރަޙްމާން 15 ދުވަހަށް، އަދި މުޙައްމަދު ޝާނީޒް 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުންގެ ފަރާތުން މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާކަމަށް އެ ޚިދުމަތުން ހާމަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ