ފަރުމަސް އާލާކުރުމުގެ "މެރިން ހެޗަރީ ސްކިލްސް" ޕްރޮގްރާމަށް ފުރުޞަތު ހުޅުވާލައިފި

ފަރުމަސް އާލާކުރުމުގެ "މެރިން ހެޗަރީ ސްކިލްސް" ޕްރޮގްރާމަށް ފުރުޞަތު ހުޅުވާލައިފި

ގުޅުންހުރި

ފަރުމަސް އާލާކުރަން ދަސްކޮށްދޭން ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ދާނީ ކ. މަނިޔަފުށީގައެވެ.

ޖުމްލަ 15 ބައިވެރިންނަށް ޚާއްޞަކޮށްގެން އަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 15 އާ ހަމައަށެވެ. މިނިސްޓްރީން ބުނީ ބައިވެރިވާން 15 މީހުންނަށް ވުރެ އިތުރަށް ފޯމު ހުށަހަޅައިފިނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހެޅި ތަރުތީބުން ކަމަށެވެ.

ޕްރޮގްރާމް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 26 ގައެވެ. އަދި ޕްރޮގްރާމް ކުރިއަށް ގެންދާނީ މެއި މަހުގެ 8 އާ ހަމައަށެވެ.

މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އޭގެ ތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު ހަތަރު ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ނަގައި ދޭނެއެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމާ ގުޅޭ ގޮތުންނެވެ.

މިދިޔަ އަހަރު ވެސް މިފަދަ ޕްރޮގްރާމެއް ހިންގާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ