ހުޅުމާލޭގެ ހިޔާ ޓަވަރުތަކުން މިރޭ ފެން ކެނޑިދާނެ

ހުޅުމާލޭގެ ހިޔާ ޓަވަރުތަކުން މިރޭ ފެން ކެނޑިދާނެ

ގުޅުންހުރި

މިރޭ މެންދަމުން ފެށިގެން ފަތިހު 4 ޖެހުމާ ހަމައަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުން ފެން ކެނޑިދާނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކުންފުނިން (އެމްޑަބްލިއުއެސްސީ) މިއަދު އިޢުލާން ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މެންދަމު 12 ޖަހާއިރުން ފެށިގެން ފަތިހު 4 ޖެހުމާ ދެމެދު އެކި ވަގުތުތަކުގައި ފެން ނުލިބޭނެއެވެ. މި ކަން ދިމާވަނީ އެ ސަރަހައްދުގެ ފެނުގެ ނެޓްވޯކްގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ހިންގުމާ ގުޅިގެންނެވެ.

މި ދަތިކަން ކުރިމަތިވާނީ ހިޔާ ޓަވަރު 9، 10، 11، 12، 13، 14، 15 އަދި 16 ގައި ދިރިއުޅުއްވާ ރައްޔިތުންނަށެވެ.

މި މަސައްކަތް ނިމުމުން ފެނުގެ ޚިދުމަތް އަލުން އިޢާދަކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ