ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނުކުރަން ކޮމިޓީން ރުހުންދީފި

ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނުކުރަން ކޮމިޓީން ރުހުންދީފި

ގުޅުންހުރި

މާލެ، 18 މާރޗް 2025 (ޚާއްޞަ) – ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވަނީ އަލްއުސްތާޛު ހުސްނުއްސުޢޫދު ފަނޑިޔާރުކަމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވިއިރު ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބަލަމުން ދިޔައެވެ.

ހުސްވި މަޤާމަށް ދެ ފަހަރު މަތިން އިޢުލާންކުރުމުން ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒަށް ލަފާ ދެއްވާފައިވަނީ ޝަހީދު އައްޔަންކުރުމަށެވެ. ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވި ނަން ރުހުން ދިނުމަށް މިއަދުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.

އަލްއުސްތާޛު ހުސައިން ޝަހީދުގެ ނަން މިހާރު ހުށަހެޅިފައިވަނީ މަޖިލީހުގެ ފްލޯއަށެވެ. މަޖިލީހުގެ ޖަލްސާއެއްގައި ފާސްވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރަސްމީކޮށް އައްޔަން ކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ