ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރުމާ ގުޅިގެން އިބްރާ ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރުމާ ގުޅިގެން އިބްރާ ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތުން

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން ކޯޓުން މިއަދު ނިންމައިފިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރުމަށް ނިންމިއެވެ. މި ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑް ކުރީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވައިލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނިކޮށެވެ. އަދި މި ފަނޑިޔާރުން ސަސްޕެންޑް ކުރީ އޭސީސީން ހިންގާ ޖިނާއީ ތަހުގީގަކާ ގުޅިގެން ކަމަށް ވެސް ބުނެފައިވެއެވެ.

ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއީލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުމެކެވެ. އަދި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިޢުލާނު ކުރިއަސް، ރައްޔިތުންގެ ހައްޤުތައް ގެއްލޭނެ ކަމަށެވެ. މީގެ އިތުރުން، އޭނާ ވިދާޅުވީ މިހާރު ގާނޫނު އަސާސީގެ ބާރު ދިޔައީ ކަމަށެވެ.

މި ސަބަބުތަކަށްޓަކައި، އިބްރާހިމް އިސްމާއީލް އެދިވަޑައިގަތީ ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. އެ ނިންމުމަށް ދެއްވި ސަބަބަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލި ގޮތް ބުނެދެވިފައިނުވާތީ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ