ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރައްވައިފި

ގުޅުންހުރި

ޚަބަރު: ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަލުން ހުޅުވާލައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ހުޅުވާލި އިޢުލާނަށް އިޖާބަދެއްވީ އުސްތާޛާ ނިހާޔަތު އެކަނިކަމަށް ޖޭއެސްސީން ވަނީ ހާމަކުރައްވާފައެވެ. ހެނދުނު 11:00 އަށް މުއްދަތު ހަމަވިއިރު އިތުރު ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ.

އެހެންނަމަވެސް، ރޭގައި ބޭއްވުނު ޖޭއެސްސީގެ ކުއްލި ބައްދަލުވުމަކަށްފަހު ނިންމާފައިވަނީ، މަޤާމަށް އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައިނުވާތީ އަލުން އިޢުލާން ކުރުމަށެވެ. މިހާރު ވަނީ އެ އިޢުލާން ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

އުސްތާޛާ ނިހާޔަތަކީ ކުރިން ސިވިލް ކޯޓުގެ ޤާޟީކަމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2016 އިން 2019 އަށް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

މި އިޢުލާނުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި ފަނޑިޔާރުކަން ނުވަތަ ޤާނޫނީ ވަކީލުކަން ނުވަތަ މި ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ