ފަނޑިޔާރު އަޒްމިރަލްދާއަށް ވަނީ ހުރިހާ ހައްގުތަކެއް ލިބިދީފަ: ޖޭއެސްސީ

ފަނޑިޔާރު އަޒްމިރަލްދާއަށް ވަނީ ހުރިހާ ހައްގުތަކެއް ލިބިދީފަ: ޖޭއެސްސީ

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލައިގައި ކުރިއަށްގެންދާ ތަހުގީގުގައި އޭނާއަށް ލިބިދޭންޖެހޭ ހުރިހާ ހައްގުތަކެއް ދީފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންއިން (ޖޭއެސްސީ) މިއަދު ބުނެފި އެވެ.

ޖޭއެސްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލައިގެ ތަހުގީގުގައި ގާނޫނުއަސާސީއާއި ގާނޫނުން ފަނޑިޔާރަކަށް ލިބިދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ހުރިހާ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި އޭނާއަށް ލިބިދީފައިވާ ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް އިއްޔެ މީޑިއާގައި ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޮމިޝަނުގެ ތަހުގީގުގައި ވަކީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިދީފައިނުވާ ކަމަށެވެ. ނަމަވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ ޝަމީލްގެ ބަޔާނަކީ "ހަގީގަތާ ހިލާފު ވާހަކަތަކެއް" ކަމަށެވެ.

ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ފަނޑިޔާރު އަޒްމިރަލްދާ އެދުމުން، އެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ދީފައިވާ ކަމަށާއި، އިއްޔެގެ ތަހުގީގުގެ މަޖިލީހުގައި ވެސް ވަކީލް ބައިވެރިވެފައިވާ ކަމަށެވެ. އަދި ދެ ބޭފުޅުން ވަކިން މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ތަކުރާރުކޮށް ދީފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޑރ. އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން ގެންދަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް މި ތުހުމަތަށް ފަނޑިޔާރު އަޒްމިރަލްދާ އިންކާރު ކުރައްވައި، ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ