ޖޭއެސްސީގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލުމަށް އަޒްމިރަލްދާ އެދިއްޖެ

ޖޭއެސްސީގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލުމަށް އަޒްމިރަލްދާ އެދިއްޖެ

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހާޒިރުކޮށްގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ކުރިއަށް ގެންދާ އަޑުއެހުންތައް އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދިއުމަށް އެދިއްޖެއެވެ.

ޑރ. އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވުމަށް އެންގި ނޯޓިސް މިއަދު ހެނދުނު 11:00 އަށް ލިބިފައިވީނަމަވެސް، އެ އަޑުއެހުން މާދަމާއަށް ފަސްކޮށްފައިވާ ކަމަށް އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް "ސަން"އަށް މަޢުލޫމާތު ދެއްވާފައިވެއެވެ. ނަމަވެސް އެކަން ލިޔުމުން އަންގާފައިނުވާ ކަމަށް ޝަމީލް ވިދާޅުވިއެވެ.

މީގެއިތުރުން، އަޒްމިރަލްދާގެ ފަރާތުން ވަނީ ޖޭއެސްސީން ހާޒިރުކުރާ އަޑުއެހުންތައް އާންމުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

މިވަގުތު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު، ޑރ. މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ހުންނެވީ ޖޭއެސްސީން ސަސްޕެންޑް ކުރުމާ ގުޅިގެން ސަސްޕެންޝަނުގައެވެ.

ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކުގައިވާ ގޮތުން، އަޒްމިރަލްދާ ސަސްޕެންޑް ކުރެވުނީ އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރުމާ ގުޅިގެން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވިގެންނެވެ.

ޑރ. އިސްމާއީލް ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސާޖު ކުރާ ތަނެއްގައި އެ ޚިދުމަތް ހޯދަން ހުއްޓާ ފުލުހުން ވަދެ އެތަނުގައި ތިބި އެންމެން ހައްޔަރުކުރިއިރު އޭނާވެސް ހައްޔަރުކުރި ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި ފުލުހުން ބުނެފައިވަނީ އޭނާ އެއްވެސް ކުށެއް ކޮށްފައިނުވާ ކަމަށް ކަމަށާއި، އަޒްމިރަލްދާ އެ މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވައިފައިނުވާ ކަމަށް ޑރ. އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

އަޒްމިރަލްދާގެ ގާނޫނީ ޓީމުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޑރ. އިސްމާއީލްގެ ބަންދުން ދޫކޮށްލުމަށް އޭނާ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ