ރޯދަ އާއި ސުވާލު: ރަމަޟާން މަހު ދުވާލު ޖިންސީ ގުޅުންހިންގުމުގެ ހުކުމަކީ ކޮބާ؟

ރޯދަ އާއި ސުވާލު: ރަމަޟާން މަހު ދުވާލު ޖިންސީ ގުޅުންހިންގުމުގެ ހުކުމަކީ ކޮބާ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
09 މާރޗް 2025 06:38
0

ރަމަޟާން މަހު ދުވާލު ޖިންސީ ގުޅުންހިންގުމުގެ ހުކުމަކީ ކޮބާ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد

ރަމަޟާން މަހު ދުވާލު ޖިމާޢުވުމަކީ ޙަރާމް ކަމެކެވެ. ރަމަޟާންމަހު ދުވާލު ޖިމާޢުވެއްޖެ މީހާ ވިދިވިދގެން ދެމަސް ދުވަހު ރޯދަ ހިފަން ޖެހެއެވެ. ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާގެ މައްޗަށް އޮތީ 60 މިސްކީނުންނަށް ކާންދިނުމެވެ. މިކައްފާރާ ވާޖިބުވެގެންވަނީ ހަމައެކަނި ފިރިމީހާގެ މައްޗަށެވެ. އަނބިމީހާގެ މައްޗަށް ކައްފާރާ ވާޖިބުވަނީ އޭނާވެސް އެކަމާ ރުހިގެން ކޮށްފިނަމައެވެ. ނަމަވެސް ފިރިމީހާގެ މަޖްބޫރު ކުރުވުމުގެ ސަބަބުން ކޮށްފިނަމަ އަންހެން މީހާ ކައްފާރާ ދޭކަށް ނުޖެހޭނެއެވެ.

واللهأعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.