މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި

މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި

ގުޅުންހުރި

މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އިން މިއަދު ހެނދުނު ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ. ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު އެއް މައްސަލައެވެ.

ކާނު ސާފުކުރުމުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ފާހަގަވެގެން ދިޔައީ އެކަށީގެންވާ މިންވަރަށް ކާނުތަކުން ފެން ނުހިންދޭކަމެވެ. މިކަމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތަށް ދަތިތައް ދިމާވެ، ރައްޔިތުންނަށްވެސް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހުނުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރިއަށްގެންދަނީ ދިވެހި ފުލުހުންނާ ވެސް ގުޅިގެން. ސާފުކުރާ ސަރަހައްދުގައި 24 ގަޑިއިރު ކުރިން ކޯނުތައް ޖަހަން ޖެހޭތީވެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފްގެ ބަހުން، މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރެވޭނެއެވެ. އެގޮތުން ފުރަތަމަ އިސްކަންދޭނީ ބޮޑެތި މަގުތަކާއި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފުކުރުމަށެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެންބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ކާނުތައް ބެދި ފެން ނުހިންދުން ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވާރޭ ވެހޭ އިރަށް މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުން ހިމެނޭހެން މަގުތަކުގެ ހުރިހާ މައްސަލައެއް ހައްލުވާނެގޮތަށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވެއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ