ރޯދަ އާއި ސުވާލު: ގަޞްދުގައި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަކީ ކޮންކަހަލަ ކަމެއް؟

ރޯދަ އާއި ސުވާލު: ގަޞްދުގައި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަކީ ކޮންކަހަލަ ކަމެއް؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
07 މާރޗް 2025 11:25
0

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد

ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެންކަމުން، ޢުޛުރަކާ ނުލާ ރަމަޟާން މަހުގެ ރޯދަ ނުހިފާ ދޫކޮށްލުމަކީ ބޮޑު ފާފައެކެވެ. އިމާމް ޛަހަބީ އެކަލޭގެފާނުގެ "އަލްކަބާއިރު" އޭ ކިޔުނުފޮތުގައި ލިޔުއްވާފައިވެއެވެ. ބަލިވުމެއް ނުވަތަ އެނޫންވެސް މަގްބޫލު ޢުޛުރެއް ނެތި ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފި މީހަކީ ޒިނޭ ކުރުމާއި ރާބުއިމަށް ވުރެ ނުބައިކަން ބޮޑު ޢަމަލެކެވެ. އަދި މިފަދަ މީހުންގެ އިސްލާމްކަމާއި މެދުގައިވެސް ޝައްކު އުފެދިފައިވާ މީހެކެވެ."والله أعلم

އެއްވެސް ޢުޛުރަކާ ނުލާ ރަމަޟާންމަހުގެ ރޯދައެއް ދޫކޮށްލެވިފައިވާނަމަ އަވަހަށްތައުބާވާން ޖެހޭނެއެވެ. އަދި ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާ ކުރަން ޖެހޭނެއެވެ. އަދި ގެއްލުނު ރޯދަ ވީހާވެސް އަވަހަކަށް ގަޟާ ކުރަން ޖެހޭނެއެވެ. އިތުރު ކައްފާރާއެއް ދޭކަށް ނުޖެހޭނެއެވެ. والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.