މާލޭ ސިޓީގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފި

މާލޭ ސިޓީގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފި

ގުޅުންހުރި

މާލޭ ސިޓީގެ މަގުތަކުގައި ހުރި ކާނުތައް ސާފުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްއިން ނިންމައިފިއެވެ.

މި މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު ލޯކަލް ކައުންސިލް އެންޑް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވެއެވެ.

"ވާރޭވެހޭ ދުވަސްވަރު މާލެ ސިޓީގެ މަގުތަކުގައި ފެން ހިންދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މިކަން ކުރުމަށް ނިންމީ،" މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލަށް ބޭނުންވާ ވަސީލަތްތައް ވެސް ވަނީ ފޯރުކޮށްދީފައެވެ. މީގެތެރޭގައި އެންމެ ޒަމާނީ ޕަންޕުތައް މާލެ ސިޓީ ކައުންސިލަށް ހޯދައިދިނުން ހިމެނެއެވެ. މި ޕަންޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިގަނެފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ ގިނަ އަހަރުތަކެއް ވަންދެން ރައްޔިތުންނަށް ކުރިމަތިވަމުން އައި ބޮޑު ގޮންޖެހުމެކެވެ. މި މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށުން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ