ރޯދަ އާއި ސުވާލު: ރޯދަ އަށް ހުރެ ލޮލަށް ބޭސް އަޅައިފިނަމަ ރޯދަ ގެއްލޭނެތަ؟

ރޯދަ އާއި ސުވާލު: ރޯދަ އަށް ހުރެ ލޮލަށް ބޭސް އަޅައިފިނަމަ ރޯދަ ގެއްލޭނެތަ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
05 މާރޗް 2025 06:30
0

ރޯދަ އަށް ހުރެ ލޮލަށް ބޭސް އަޅައިފިނަމަ ރޯދަ ގެއްލޭނެތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ތިޔަ ސުވާލުގެ ޖަވާބުގައި ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

ރޯދަވެރިޔާ ލޮލުގައި އަނދުން އެޅުމާއި، ލޮލަށް ބޭސްތިކި އެޅުމާއި، ކަންފަތަށް ބޭސްތިކި އެޅުމަކީ ހުއްދަވެގެންވާ ކަންތައް ތަކެވެ. ބޭހުގެ ރަހަ ކަރުތެރެއަށް ލީނަމަވެސް ރޯދަ ނުގެއްލޭނެއެވެ. ސަބަބަކީ އެއީ ކައިބޮއި ހަދާ އެއްޗެއް ނޫނެވެ. އަދި ކައިބޮއި ހެދުމުގެ މާނާގައި ބޭނުން ކުރެވޭ އެއްޗެއްވެސް ނޫނެވެ. ދަލީލު އައިސްފައިވަނީ ކާބޯތަކެތީގެ މާނާގައިވާ ތަކެއްޗަށެވެ. އެނޫން ތަކެތި މަނާ ކުރެވޭނެ ދަލީލެއް ނެތެވެ. މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ވެސް ރައުޔެވެ. والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.