ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރުގެ އަޑުއެހުން ކެންސަލްކޮށްފި

ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރުގެ އަޑުއެހުން ކެންސަލްކޮށްފި

ގުޅުންހުރި

ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ދީފައިވާ، ގާނޫނު އަސާސީގެ އިޞްލާޙާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ބަލަމުންދާ ދަނޑިވަޅެއްގައި، އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވާލެވޭނެ ކަމަށް ބަޔާންކޮށް ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގެ މައްސަލައިގެ އަޑުއެހުން މިއަދަށް ތާވަލް ކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

މި މައްސަލައިގައި މިއަދު އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް، އެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ދިމާވެފައިވާ ކަމަށް ބެލެވެއެވެ. ގާނޫނު އަސާސީއަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ހިމަނާފައިވާ މާއްދާތައް ވަގުތީގޮތުން ހުއްޓުވާލުމަށް ކުއްލި އަމުރެއް ނެރެދިނުމަށް އެދުނީ ގާނޫނީ ވަކީލު، އަދި ކުރީގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއެވެ.

މިއަދު ވަގުތީ އަމުރުގެ މައްސަލައިގެ އަޑުއެހުން ފެށުމަށް ކުޑަ ވަގުތުކޮޅެއް ބާކީ އޮއްވައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ އެއަށްފަހުއެވެ.

ޖޭއެސްސީން ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސްނުއްސުއޫދު، މަހާޒް އަލީ ޒާހިރު އަދި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. މި ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން ޖޭއެސްސީން ދާދި ފަހުން ނެރުނު ނޫސް ބަޔާނެއްގައި ބަޔާންކޮށްފައިވަނީ މި ސަސްޕެންޝަނަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ