ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޑިޖިޓަލް ވަޞީލަތްތަކުގެ ބޭނުން ކުރެވިގެންދާނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ނިމިގެންދިޔަ އެޕޯލޯ ހޮސްޕިޓަލްސްގެ 12 ވަނަ އިންޓަރނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގެ ގްލޯބަލް ހެލްތު ޑަޔަލޮގްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ވަޞީލަތްތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޑިޖިޓަލް ވަޞީލަތްތައް ޤާއިމުކޮށް ޞިއްހީ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ އެއް އަމާޒު ކަމުގައެވެ. އަދި މިކަމާ ގުޅޭގޮތުން ރާއްޖޭގެ ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ފްރޭމްވަރކް ވަރަށް އަވަހަށް އިފްތިތާޙުކުރެވޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ފައްޓަވާފައިވާ މި ދަތުރުފުޅު ނިންމަވާލައްވާ މިނިސްޓަރު މާލެ ވަޑައިގަންނަވާނީ މިއަދުއެވެ.