ރޯދަ ހަދިޔާ ޕޯޓަލް" އިން ހަވީރު 6 އިން ފެށިގެން ނަންބަރު ދޫކުރަން ފަށާނެ

ރޯދަ ހަދިޔާ ޕޯޓަލް" އިން ހަވީރު 6 އިން ފެށިގެން ނަންބަރު ދޫކުރަން ފަށާނެ

ގުޅުންހުރި

ރޯދަމަހަށް ސަރުކާރުން ބަހާ މަސްދަޅުތައް ދޫކުރުމުގެ އިންތިޒާމުތައް ފަސޭހަކުރުމަށްޓަކައި "ރޯދަ ހަދިޔާ ޕޯޓަލް" މިރޭއިން ފެށިގެން ތަޢާރަފްކޮށްފިއެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބެހުމުގައި ދިމާވި ކިއުތަކާއި އެކަމާ ގުޅިގެން ރައްޔިތުން ފާޅުކުރި ހިތްހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިއަދު ހަވީރު 6 ޖެހުމުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ޓޯކަން ދޫކުރަން ފެށޭނެއެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި މަރުކަޒުތަކުން އެކި އަދަދަށް ޓޯކަން ދޫކުރެވޭނެއެވެ. މިގޮތުން މިފްކޯ މައި އިމާރާތާއި އެމްޓީސީސީ ސޯމިލުން 200 ޓޯކަން، ހެންވޭރު ދަނޑާއި ސޯޝަލް ސެންޓަރު، ވިލިމާލޭ ވެމްކޯ ސައިޓް އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން 100 ޓޯކަން، އަދި ގަލޮޅު ދަނޑުގެ ހަތަރު ސެޓަޕަކުން 50 ޓޯކަން ބެހޭނެއެވެ.

މޫސުން ހޫނުވެފައިވާތީ، މަސްދަޅު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު 8 އިން 12 އާ ދެމެދުގައެވެ. މިކަން މިގޮތަށް ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. މަސްދަޅު ނެގުމަށް އަންނައިރު އެއް މަހުގެ ކަރަންޓު ބިލާއި އައިޑީ ކާޑު ގެންނަން ޖެހޭނެއެވެ. އަދި ކޮންމެ ގޭބިސީއަކަށް ގިނަވެގެން ތިން މީޓަރަށް ތިން މަސްދަޅު ކޭސް ލިބޭނެކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މާލޭގެ ހުރިހާ ގެއަކަށް މަސްދަޅު ދޫކުރެވެންދެން މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ