ރާއްޖެ އަދި ދެކުނު އޭޝިއާގެ ބައެއް ގައުމުތައް ހިމެނޭހެން 45 ގައުމަކަށް ޔޫކުރެއިންއިން ވިސާގެ ޚިދުމަތް ދޭން ފަށައިފި

ރާއްޖެ އަދި ދެކުނު އޭޝިއާގެ ބައެއް ގައުމުތައް ހިމެނޭހެން 45 ގައުމަކަށް ޔޫކުރެއިންއިން ވިސާގެ ޚިދުމަތް ދޭން ފަށައިފި

ގުޅުންހުރި

ޔޫކްރެއިންގެ ޖެނެރަލް ޑިޕާޓްމަންޓް ފޯ ކޮންސިއުލާ ސާވިސަސްއިން މިދިޔަ ބުދަ ދުވަހު އީ ވިސާގެ ހިދުމަތް އަލުން ފަށައިފިއެވެ. މި ހިދުމަތް ދިވެހިރާއްޖެއާއި، އިންޑިއާ، ބޫޓާން އަދި ނޭޕާލް ހިމެނޭ ގޮތަށް ޖުމްލަ 45 ގައުމަކަށް ލިބޭނެއެވެ.

ޔޫކްރެއިންގެ އެމްބަސީން ހާމަކުރި ގޮތުގައި އީ ވިސާ ދޫކުރެވޭނީ ދެ ބާވަތަކަށެވެ. އެއީ 20 ޑޮލަރަށް ދޫކުރާ ސިންގަލް އެންޓްރީ ވިސާ އާއި 30 ޑޮލަރަށް ދޫކުރާ ޑަބަލް އެންޓްރީ ވިސާއެވެ. އަދި އަވަސް ހިދުމަތަށް އެދޭ ފަރާތްތަކަށް އިތުރު ޗާޖެއް ދައްކަން ޖެހޭނެއެވެ. މިގޮތުން އާޖެންޓް ފީގެ ގޮތުގައި އަސްލު އަގުގެ ދެގުނަ ނެގޭނެއެވެ.

އާންމު ގޮތެއްގައި ވިސާ ދޫކުރުމަށް ތިން ދުވަސް ނަގާއިރު، އަވަސް ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ދުވަހުގެ ތެރޭގައި ވިސާ ދޫކުރެވޭނެއެވެ. ފަތުރުވެރިކަމާއި، ވިޔަފާރި، ތައުލީމު، ކުޅިވަރު، ސަގާފީ އަދި ސައިންޓިފިކް ހަރަކާތްތަކާއި، ނޫސްވެރިކަމާއި، ބޭސްފަރުވާގެ ބޭނުންތަކަށް މި ވިސާއަށް އެދެވޭނެއެވެ.

މި ހިދުމަތް އަލުން ފެށުމަކީ ޔޫކްރެއިންއިން އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. އިންޑިއާ ފަދަ ގައުމުތަކާއެކު ވިޔަފާރި، ދަނޑުވެރިކަން، ފާމަސޫޓިކަލްސް، ދިފާއީ، ތައުލީމީ އަދި ސަގާފީ ރޮނގުން ކުރިއަށް އޮތް އެތައް އަހަރަކަށް ޔޫކްރެއިންގެ ގުޅުން ވަނީ ހަރުދަނާވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ