މަސްވެރިންނަށް 4.1 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފި

މަސްވެރިންނަށް 4.1 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފި

ގުޅުންހުރި

މިފްކޯއިން މަސްވެރިންނަށް 4.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފިއެވެ. މިގޮތުން މިމަހުގެ 19 ވަނަ ދުވަހު 51 ދޯންޏަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް މިއަދު ހެނދުނު 10:30 އާއި 12:30 އާ ދެމެދު ފައިސާ ޖަމާކުރެވިފައިވާނެ ކަމަށް މިފްކޯއިން ބުނެއެވެ. އަދި އެހެން ބޭންކް ޓްރާންސްފަރތައް ޖެހިގެން އަންނަ ބޭންކިންގ ޚިދުމަތް ހުޅުވާ ދުވަހު ހަވީރު 4:30 ގެ ކުރިން ކްލިއަރ ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިހާރު ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައިވެއެވެ.

މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމުވެސް މިފްކޯއިން ވަނީ ހަމަޖައްސާފައެވެ. އަދި މި ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ކަނޑަމުން ގެންދެއެވެ. މަސްވެރިންނާއި މަސްވެރި ސިނާއަތުގައި ހުރި ޒަމާންވީ ބޮޑެތި ގޮންޖެހުންތަކަށް ރައީސް ގެންދަވަނީ ޖުމްލަ ހައްލުތަކެއް ހޯއްދަވައި ދެއްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ