ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާ ޚަލީލު ބައްދަލު ކުރައްވައިފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާ ޚަލީލު ބައްދަލު ކުރައްވައިފި

ގުޅުންހުރި

ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފިއެވެ. އެބައްދަލުކުރެއްވުމުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދެއްވާފައެވެ. މިކަން ހާރިޖީ ވަޒީރު ފާހަގަކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ލަންކާގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ހަލީލު ކުރައްވާ މި ދަތުރުފުޅުގައި އެގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަ އާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ސްރީލަންކާއިން ރާއްޖޭގެ ތަރައްގީއަށް ފޯރުކޮށްދީފައިވާ އެހީތައް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާ އާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ދާއިރާގައި ލިބިފައިވާ އެހީތެރިކަން ހާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް އެގައުމުން ފޯރުކޮށްދޭ އެހީތަކަށް ހަލީލު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ