ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްރީލަންކާގެ އިންވެސްޓަރުންނާއެކު ހިއްސާކޮށްފި

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްރީލަންކާގެ އިންވެސްޓަރުންނާއެކު ހިއްސާކޮށްފި

ގުޅުންހުރި

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ސްރީލަންކާގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއެކު ބައްދަލުކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައިފިއެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖީތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި ބޭއްވުނު ބައްދަލުވުމެއްގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަޝްވަރާތައް ކުރެވުނެވެ. މީގެ އިތުރުން އިގްތިސާދީ އަދި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ފޮރިން މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ބައްދަލުވުމުގައި ރާއްޖޭގައި އެކި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރެވުނެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކާއި، އިގްތިސާދީ ދުވެލި ހަލުވިކޮށް، މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތުވެސް ހިއްސާކުރެވުނެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ